ޚަބަރު

އިންޑިއާއަށް ބޭސްފަރުވާއަށް ގެންދިޔަ 3 މީހަކު ވަނީ ނިޔާވެފައި: އާސަންދަ


އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދިން ޚާއްސަ ހުއްދައިގެ ދަށުން އެޤައުމަށް ބޭސްފަރުވާއަށް ފޮނުވި 3 މީހަކު ނިޔާވެފައިވާ ކަމުގައި އާސަންދަކުންފުނިން ވިދާޅުވެއްޖެއެވެ.

އާސަންދަ ކުންފުނިން ވިދާޅުވީ، ނިޔާވި 3 ދިވެހިންނަކީވެސް އިންޑިއާއަށް އިތުރުފަރުވާއަށް ފޮނުވި އިރުވެސް ވަަރަށް ހާލުބޮޑު ކެންސަރުބަލީގެ 3 މީހުން ކަމަށެވެ.

މިގޮތުން ނިޔާވި ތިން މީހުންނަކީވެސް، އިންޑިއާ ސަރުކާރުގެ ހާއްސަ ހުއްދައިގެ ދަށުން އެޤައުމަށް ބޭސްފަރުވާއަށް ފޮނުވުނު 2 ވަނަ ބެޗުގައި ހިމެނޭމީހުން ކަމުގައި އެކުންފުނިން ވިދާޅުވެއެވެ.

މިގޮތުން ފުރަތަމަ މީހާ ނިޔާވެފައި ވަނީ ޖުލައި 16ގައި ކަމަށާޢި ދެވަނަ މިހާ ޖުލައި 17ގައި ނިޔާވި އިރު 3 ވަނަ މީހާ ނިޔާވެފައި ވަނީ ޖުލައި 18 ވަނަ ދުވަހުގައި ކަމަށް އާސަންދަކުންފުނިން ވިދާޅުވެއެވެ.

އިންޑިއާ ސަރުކާރުންދިން ހާއްސަ ހުއްދައާއި އެކު ފުރަތަަމަ ފޮނުވާފައި ވަނީ ޖޫން 28 ވަނަ ދުވަހު، 28 މީހުންނެވެ. އަދި ޖުލައި 14 ވަނަ ދުވަހު، 49 މީހަކު ފޮނުވާފައި ވާއިރު، ނިޔާވި 3 މީހުންނަކީ، ޖުލައި 14 ވަނަ ދުވަހު އިންޑިއާއަށް ބޭސްފަރުވާއަށް ދިޔަ މީހުންނެވެ.

ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް ބޭނުންވެފައިވާ މީހުން މިއަންނަ ބުދަ ދުވަހުވެސް އިންޑިއާއަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމުގައި އާސަންދަ ކުންފުނިން ވަނީ ވިދާޅުވެފައެވެ. ރާއްޖެއިން ފަރުވާއަށް މީހުން ފޮނުވަނީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށާއި، ކިމްސް ހޮސްޕިޓަލަށެވެ.