މޫސުންގޯސްވެ ވައިގަދަވުމުގެ ސަބަބުން މާލެގެ 2 ގެއެއްގެ ފުރާޅުން ބައެއް އެއްލާލައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ މިއަދު ހަވީރު 17:30 އެހާއިރު ވާއިގަދަވެ ދެގެއެއްގެ ފުރާޅުން ބައެއް އެއްލާލާފައިވާކަމުގެ މައުލޫމާތުލިބިގެން ފަޔަރ އެންޑް ރެސްކިއު ސަރވިސުން ހަރަކާތެރިވަމުންދާކަމަށެވެ.
ފުރާޅު އެއްލާލާފައިވަނީ މާފަންނު ގެއަކާއި ހެންވޭރުގައި ހުރި ގެއްގެކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައިގެ މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ ބޮޑުބަޔަކަށް ވަނީ ހުދު ސަމާލު ނެރެފައެވެ.
މިހާރުވެސް ވިއްސާރަވުމުގެ ސަބަބުން ބައެއް ސަރަހައްދުތަކަށް އެކިވަރުގެ ގެއްލުންތައް ލިބެމުންދާކަމުގެ މައުލޫމާތު ދަނީ ލިބެމުންނެވެ.