ޚަބަރު

17 އަހަރުގެ ކުއްޖާ ރޭޕްކުރި ތުހުމަތުގައި ހައްޔަކުރި މީހާގެ މައްސަލަ ކޯޓަށް


ކޯޓުން ބޭރުގައި 17 އަހަރުގެ ކުއްޖަކާއި ކައިވެނިކޮށް އެކުއްޖާ ބަލިވެ އިން މައްސަލާގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ އުހުލައިފިއެވެ. މި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ހއ. ފިއްލަދޫ، ޝެޑޯޒް އަޙްމަދު އައްޠަފްގެ މައްޗަށެވެ.

ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވީ މި މިހާގެ މައްޗަށް ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދައުވާ އުހުލާފައިވާކަމަށެވެ. އަދި މި މައްސަލަ ހުށައަޅާފައިވަނީ މ. ކޮޅުފުށި މެޖިސްޓްރޭޓް ކޯޓަށްކަމަށެވެސް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

17 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކޮށް ރޭފްކޮށްފައިވާ ތުހުމަތުގައި އަހުމަދު ޢައްޠަފްއެވެ. ހައްޔަރުކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުން މިމަހުގެ 3 ވަނަދުވަހުއެވެ. އަދި މީނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު މ. މުލީ މެޖިސްޓްރޭޓް ކޯޓުންވަނީ އަމުރުނެރަފައެވެ.

އެ ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ތުހުމަތުކުރެވޭ މައްސަލައަކީ ޝަރުއީ އުސޫލުތަކާ ހިލާފަށް ކޯޓުން ބޭރުގައި އުމުރުން 18 އަހަރު ނުވާ ކުއްޖަކާ ކައިވެނިކޮށް، ޖިންސީ ގޯނާ ކުރުމުގެ ސަބަބުން ކުއްޖާ ބަލިވެއިން މައްސަލައަކަށްވަތީ، އޭނާ ދޫކޮށްލައިފިނަމަ ހެކިބަސްދޭން ތިބި މީހުންނަށް ނުފޫޒު ފޯރުވައި ހެކި ނައްތާލައިފާނެ ކަމަށް ބެލެވޭތީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭކަމަށެވެ.