ކޯވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ބަޔަކު ގޮސްފައިވާތީ ބަންދުކުރި މިސްކިތްތައް ޑިސްއިންފެކްޓްކުރުމަށް ފަހު މިއަދު އަލުން ހުޅުވައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ކޯވިޑަށް ޕޮޒިޓިވްވި މީޙުން ގޮސްފައިވަނީ މަސްޖިދު ސުލްތާން ޙަސަން ޢިއްޒުއްދީންއާއި މަސްޖިދުލް ސުލްތާން މުޙައްދު އިމާދުއްދީން އަދި މަސްޖިދު އަފީފުއްދީންއެވެ.
އެ މިނިސްޓްރީން ވިދާޅުވީ މި ތިން މިސްކިތް ޑިސްއިންފެކްޓްކުރުމަށްފަގު މިއަދުގެ ފަތިސް ނަމާދާއި އެކު އަލުން ހުޅުވާފައިވާކަމަށެވެ. މި މިސްކިތްތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތްކުރީ މާލޭ ސިޓީ ކައުންސިލުންނެވެ.
އަފީފުއްދީން މިސްކިތް ޑިސްއިންފެކުޓް ކުރުން. pic.twitter.com/lnZW5GJ4tr
— Male' City Council (@MaleCitymv) July 20, 2020
ކޯވިޑް 19 އިން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި މީގެ ކުރިން މިސްކިތްތައް ބަންދުކުރިއެވެ. އަދި މާލެއިން ފުރަތަމަ ކޯވިޑްގެ ކޭސްއެއް ފެނުމުން މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދުކުރުން މެދުކަނޑާލައި މިސްކިތްތައް ބަންދުކުރިއެވެ.
3 މަސްދުވަހުގެ މެދުކަނޑުމަކަށްފަހު މާލެ ސަރަޙައްދުގައި ޖަމާޢަތުގައި ނަމާދުކުރަން ފަށާފައި ވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ. އަދި ހުކުރު ނަމާދުކުރަން ފަށާފައި ވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.