ޚަބަރު

ފަޒީލަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު، މަސައްކަތުން އެކަހެރިކުރަން އެމްއާރުއެމުން އެދިއްޖެ


ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ ކޮމިއުނިކޭޝަންސްގެ މަޤާމުގައި ހުރި އަޙުމަދު ފަޒީލަށް ޖިންސީ ފުރައްސާރައިގެ ތުޙުމަތުތަކެއް ކުރައްވާފައިވާތީ އެމައްސަލަ ބަލައިނިމެންދެން އޭނާ މަސައްކަތުން އެކަހެރިކޮށްދިނުމަށް އޭނާ ނިސްބަތްވާ އެމްއާރުއެމުން ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވައިފިއެވެ.

އެމްއާރުއެމުންވަނީ ޕާޓީގެ މަޤާމެއްގައިހުރި މީހަކާމެދު ޖިންސީ ފުރައްސާރައާއި އަނިޔާގެ ތުހުމަތުތަކެއް ސޯޝަލް މީޑިއާގައި ކުރެވެމުންދާތީ އެމައްސަލަ ޕާޓީއިން މިހާރު ބަލަމުންދާކަމަށެވެ. އެމައްސަލަ ބަލާ ނިމެންދެން ޕާޓީ ގެ ހަރަކާތް ތަކުން އޭނާ އެކަހެރި ކުރެވިފައިވާކަމަށް އެެޕާޓީން މަޢުލޫމާތުދެއްވިއެވެ.

އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާއިބެހޭ ފަރާތްތަކާއިއެކު އެމްއާރުއެމުން ފުރިހަމައަށް މަސައްކަތް ކުރަމުންދާކަމުގެ ޔަޤީންކަން ރައްޔިތުންނަށްދޭކަމަށާއި ޖިންސީ ފުރައްސާރައާއި އަނިޔާފަދަ ކުށްތަކަކީ އެ ޕާޓީއިން އެއްވެސް ވަރަކަށް ބަލައިގަންނާނެ ކަންކަމެއް ނޫނެކަމަށް އެމްއާރުއެމުން ބުނެފައިވެއެވެ.