ޚަބަރު

ކަނޑުގަދަވެ ތިލަފުށި ކައިރިން ދޯންޏެއް ބަންޑުން ޖަހާލައިފި


މޫސުން ގޯސްވެ ބަންޑުން ޖަހާލި ދޯންޏެއްގައި ތިބި ތިން މީހުން ސަލާމަތްކޮށްފިއެވެ.

މާލެއިން ފުރައިގެން ތިލަފުއްޓަށް ދަތުރުކުރި "ސެކުއޯ ބޭގް" ދޯނި ބަންޑުން ޖަހާލީ، ކަނޑު ގަދަވެ ދޯނި އެއްފަރާތުން އަރިއަޅާލައިގެންކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

ދޯނި ބަންޑުން ޖަހާލިއިރު ދޯނީގައި ތިބި 3 ފަޅުވެރިން "ވިލާ ހަކަތަ"ނަމަކަށްކިޔާ ދޯންޏަކުން ވަނީ ނަގާފައެވެ. ބަންޑުން ޖަހާލި ދޯންޏަކީ މުދާ އުފުލާ ދޯންޏެކެވެ.

މި ޙާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބުނީ މިއަދު 17:10 ހާއިރުއެވެ. އަދި މިހާރު އެ ސަރަޙައްދަށް އެމްއެންޑީއެފްގެ މާލެ އޭރިއާގެ ކޯސްޓްގާޑު ލޯންޗަކާއި ޑައިވަރުން މިހާރު އެސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.