ވިޔަފާރި

ބަންދުތެރޭގައި ބެންކުތައް ހުޅުވާނީ މިމަހުގެ 29 ވަނަ ދުވަހު


އަޟުޙާ ޢީދާއި މިނިވަން ދުވަހާ ގުޅިގެން އަންނަ ބަންދުދުވަސްތަކުގެ ތެރޭގައި އެމްއެމްއޭއާއި ބެންކުތައް ހުޅުވާނީ މިމަހުގެ 29 ވަނަ ދުވަހުކަމަށް އެމްއެމްއޭއިން ހާމަކޮށްފިއެވެ.

އެމްއެމްއޭއިން ވިދާޅުވީ މިއަހަރުގެ އަޟުޙާ ޢީދު އަދި މިނިވަން ދުވަހާ ގުޅިގެން، 26 ޖުލައިން 2 އޮގަސްޓުގެ ނިޔަލަށް ސަރުކާރު ބަންދުކޮށްފައި އޮތްނަމަވެސް، 29 ޖުލައިވާ ބުދަ ދުވަހު އެމްއެމްއޭއާއި ބެެެެެންކުތައް ހުޅުވާފައި ހުންނާނެކަމަށެވެ.

އެމްއެމްއޭއިން ވިދާޅުވީ މިދުވަސްތަކުގައި އެ އޮތޯރިޓީން ޚިދުމަތް ދޭނީ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށްކަމަށެވެ.