މުނިފޫހިފިލުވުން

އެންމެފަހުން އައިޝްވަރިޔާއާ ދަރިފުޅު އާރާދިޔާވެސް ޕޮޒިޓިވް


އައިޝްވަރިޔާ ރާއީ އާ ދަރިފުޅު އާރާދިޔާވެސް ކޯވިޑްއަށް ޕޮޒިޓިވްވެއްޖެއެވެ. އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި މި ދެމައިން ބައްޔަށް ޕޮޒިޓިވީ ދެވަނަ ޓެސްޓުންނެވެ. ފުރަތަމަ ނެގި ސާމްޕަލުން މި ދެ މައިންވެސް ވަނީ ނެގެޓިވްކަމަށް ދައްކާފައެވެ.

އަމީތާބާއި އަބީޝެކް ކޯވިޑަށް ޕޮޒިޓިވްވުމުން އައިސްވަރިޔާއާއި އާރާދިޔާގެ އިތުރުން ޖަޔާ ބަޗަންވެސް ވަނީ ޓެސްޓްކޮށްފައެވެ. ޖަޔާ ބަޗަންގެ ދެ ޓެސްޓުންވެސް ވަނީ ނެގެޓިވްކަމަށް ދައްކާފައެވެ. އެހެންނަމަވެސް އަދިވެސް ޖަޔާ ޗެކްކުރަން ވަނީ ނިންމާފައެވެ.

އަމިތާބަށް ކޯވިޑް ޖެހުމުން އެ އާއިލާގެ 16 މީހަކުވަނީ ޓެސްޓް ހަދާފައެވެ. މީގެއިތުން އެގޭގައި މަސައްކަތް ކުރާ މީހުންނާއި ސެކިއުރިޓީ ގާޑުންވެސް ވަނީ ސާމްޕަލް ނަގާ ޓެސްޓްހަދާފައެވެ. މި އެންމެންގެ ރިޕޯޓްތައް ލިބޭނީ މާދަމާއެވެ.

އައިޝްވަރިޔާ ރާއީ އާ ދަރިފުޅު އާރާދިޔާގެ ބަލީގެ އަލާމަތްތައް ފެންނަ ހުރިކަމަށާއި ގޭގައި ކަރަންޓީނުވެ ފަރުވާކުރަން ބޭނުންނަމަ އެގޮތަށް ހަމަޖައްސާދިނުމަށް ނިންމާފައިވާކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެއެވެ.

އަމިތާބާއި އަބީޝެކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައެވެ.