ޚަބަރު

ފުލުހުން ފުރޮޅެއްގެ ވެރިފަރާތް ހޯދަނީ


ހޮވައިގެން ގެނެސްފައިވާ ފުރޮޅެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ މި ފުރޮޅަކީ މިދިޔަ ބުދަ ދުވަހު އާއްމު ފަރާތަކުން ހޮވައިގެން ގެނެސް އެ އިދާރާއާ ހަވާލުކޮށްފައިވާ ފުރޮޅެއްކަމަށެވެ. އަދި މިމިހާ މި ފުރޮޅު ހޮވާފައިވަނީ މާލެ، ބޮޑުތަކުރުފާނު މަގު އޭޑީކޭ ޖެނެރަލް ސްޓޯރު ކައިރިންކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ވީމާ މި ފުރޮޅުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅާ، އިންސިޑެންޓް ނަންބަރު 459876 ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ފުރޮޅާ ހަވާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.