ޚަބަރު

ޢަލީ ވަޙީދުގެ ޖަވާބު : "މިދުވަސްވެސް ހިނގައިދާނެ"


ޓޫރިޒަމް މިނިސްޓަރ ޢަލީވަޙީދު އިސްތިއުފާދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވަނިކޮށް "މިދުވަސްވެއް ހިނގައިދާނެ"ކަމަށް ވިދާޅުވެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ޖަވާބުދެއްވައިފިއެވެ.

ޢަލީ ވަޙީދު ކުރެއްވި ޓްވީޓެއްގައިވަނީ، ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ފުރުސަތު ލިބިވަޑައިގަތީތީ މާތް ﷲއަށް ހަމްދުކުރާކަމަށް ވިދާޅުވެފައެވެ. އަދި ކޮންމެވެސް ދުވަހަކުން ތެދު ހާމަވާނެކަމަށް ވިދާޅުވެ، އޭނާއާމެދު ކުރެވޭ ތުހުމަތުތައް ދޮގުކުރައްވާ މޭރުމަކުން ވާހަކަފުޅު ދައްކަވާފައިވެއެވެ.

މިނިސްޓަރ ޢަލީ ވަޙީދުގެ ޓްވީޓް

އެހެންނަމަވެސް މިމައްސަލައިގެ ތަފްސީލެއް ޢަލީވަޙީދުވެސް އަދި ކަމާބެހޭ އެހެން ފަރާތަކުންވެސް ދެއްވާފައެއް ނުވެއެވެ.