ޚަބަރު

ކޯވިޑް-19 : 70 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެ


ކޯވިޑް-19ގައި ރާއްޖެއިން 70 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެއެވެ. އުމުރުން 70 އަހަރުގެ މި އަންހެން މީހާ ނިޔާވީ މިއަދު މެންދުރު 1:00ގައި ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 13ވަނަ މީހާއެވެ.

ކޯވިޑް-19 ޖެހިގެން ރާއްޖޭގައި މިހާތަނަށް 13 ވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 7 ދިވެހިންނާއި 6 ބިދޭސީންނެވެ. ނިޔާވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 5 މީހަކާއި ޕިލިޕީންސްގެ ރައްޔިތެކެވެ.

ކޯވިޑް ބަލީގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު ނިޔާވެފައިވަނީ އޭޕްރިލް މަހުގެ 29 ވަނަދުވަހުއެވެ.

ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 2501 އަށް އަރާފައެވެ. ނަމަވެސް މިހާރު މި ބައްޔަށް ފަރުވާ ހޯދަމުންދަނީ 326 މީހުންނެވެ. ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 2158 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.