އެތުލެޓިކްސް

ހީޓްގެ ދެވަނަ ހޯދައި، ސާއިދު ފުރަތަމަ ބުރަށް


ބެއިޖިންގައި މިހާރު ކުރިއަށްދާ ވަރލްޑް އެތްލެޓިކްސް
ޗެމްޕިއަންޝިޕްގެ 100މީޓަރ ދުވުމުގެ ފުރަތަމަ ބުރުން ރާއްޖޭގެ ހަސަން ސާއިދު ޖާގަ
ހޯދައިފިއެވެ. މިއަދު ހެނދުނު ޕްރިލިމިނަރީ ބުރުގައި ދުވެ ސާއިދު ހީޓް ނިންމާފައިވަނީ
ހީޓްގެ ދެވަނަ އަށެވެ. މި ހީޓްގެ އެއްވަނަ ހޯދީ 10.50ސިކުންތުން ރޭސް ނިންމި
ފީޖީގެ ދުވުން ތެރިއެކެވެ. ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ދެވަނަ އަށް ހީޓް ނިންމީ 10.56 ސިކުންތުންނެވެ. ވަރލްޑް އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖެއިން
ވާދަކުރަނީ ހަސަން ސާއިދު އެކަންޏެވެ.ވަރލްޑް އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ދުނިޔޭގެ އެންމެ ބާރު ދުވުންތެރިން ވާދަކުރާނެ އެވެ.