ޚަބަރު

ގޭސްފުޅިތަކެއް އޮޔާ ދާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސް ކޮށްފި


ތިލަފުށިން ފުރައިގެން މާލެ ދަތުުރުކުރި ދޯންޏަކުން ގުޅީފަޅުގެ ނެރުމައްޗާއި ދިމާލުން ގޭސްފުޅިތަކެއް ކަނޑަށް ވެއްޓި އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މޫސުމް ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން މިއަދު 15:00 ހާއިރު މޯލްޑިވްސް ގޭސް ކުންފުނީިގެ "ގޭސްމާ" ނަމަކަށް ކިޔާ ދޯންޏަކުން ކަނޑަށް ވެއްޓިފައި ވަނީ ފެހި ކުލައިގެ 10 ކިލޯގެ 6 ގޭސްފުޅި ކަމަށެވެ.

އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ރޭގަނޑު ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް އިތުރަށް ސަމާލުކަން ދިނުމަށްވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކުރައްވާފައެވެ.