ޚަބަރު

ކޮރޯނާ ވައިރަސް ވައިގެތެރޭގައި ފެތުރި ފަސޭހައިން ގައިން ގަޔަށް އަރާ


ކޮރޯނާ ވަހިރަކީ ވައިގެތެރޭގައި ފެތުރޭ އެއްޗެއްކަމުގެ ހެކި ލިބިފައިވާކަމަށާއި އޭގެ ސަބަބުން އެބަލި އެކަކު ގައިން އަނެކަކު ގަޔަށް އަރާކަމަށް އެތައް ސަތޭކަ ސައިންސްވެރިން ބުނެފިއެވެ.

މި ހޯދުން ހޯދި ސައިންސްވެރިން ބުނީ ކޮރޯނާ ވައިރަސް ވައިގެ ތެރޭގައި ފެތުރެނީ ކުދި ކުދި އެތިކޮޅުތަކެއްގެ ގޮތުގައިކަމަށެވެ. އަދި މި ބަލި ގައިން ގަޔަށް ފަސޭހައިން އަރާކަމަށެވެ. އެހެންކަމުން ސައިންސްވެރިންވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިހާތަނަށް ކަނޑައަޅާފައިވާ އުސޫލުތައް ބަދަލުކުރުމަށް އެދިފައެވެ. 32 ގައުމަކުން 239 ސައިންސްވެރިން ބައިވެރިވެގެން ހޯދާފައިވާ މި ހޯދުންތައް އަންނަ ހަފްތާގައި ޝާއިއުކުރާނެކަމަށްވެސް އެ ސައިންސްވެރިން ވަނީ ބުނެފައެވެ.

ޑަބްލިއު އެޗްއޯއިން މިހާތަނަށް ބުނެފައިވަނީ މި ބައްޔަކީ އެބަލި ހުރި މީހަކު ކެއްސާ ކިނބިހި އެޅުމުން ވައިގެތެރޭގައި ދާ ޑްރޮޕްލެޓްސްގެ ސަބަބުން ނުވަތަ އެމީހަކު އަތްލާފައި ހުންނަތަނެއްގައި އެހެން މީހަކު އަތްލާ އަނގައާއި ލޮލުގައި އަތްޖެހުމުން އަރާ ބައްޔެއްކަމަށެވެ.

މިދިޔަ އަހަރު ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީން އުފަންވިކަމަށް ބުނާ ކޯވިޑް ބަލި މިހާތަނަށް 11.5 މިލިއަނަށްވުރެ ގިނަ މީހުންނަށް ވަނީ ޖެހިފައެވެ. އަދި މިބަލީގައި މިހާތަނަށް 536,906 މީހުންވަނީ މަރުވެފައެވެ.

މި ބަލި މިހާތަނަށް ޖެހި އެންމެ ގިނަ މީހުން މަރުބެފައިވަނީ އެމެރިކާއިންނެވެ. އެ ޤައުމުން މިހާތަނަށް 2,982,928 ބަލިޖެހި 132,569 މީހުންވަނީ މަރުވެފައެވެ. މި ބަލި އެންމެ ފުރަތަމަ ފެނުނުކަމަށް ބުނާ ޗައިނާއިން މި ބަލި މިހާރުވަނީ އެއްކޮށް ކޮންޓްރޯލްކޮށްފައެވެ. އެޤައުމުން މި ބަލީގައި މަރުވީ 4,634 މީހުންނެވެ.

ޙުއްތު

ތިކަން ދި ވެހިންނަށް މާކުރިން އެނގޭ