ޚަބަރު

އައިސީޓީ ވާރކިން ގްރޫޕްގެ އުސޫލަށް ހިޔާލު ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި


އައިސީޓީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް އެކުލަވާ ޤައުމީ ވާރކިން ގްރޫޕްގެ އުސޫލަށް އާއްމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓްރީން ވިދާޅުވީ ސައިންސާއި ޓެކްނޮލަޖީ ދާއިރާގައި އަންހެނުން ކުރިއެރުވުމަށް މަސައްކަތްކުރާ ޤައުމީ ވާރކިން ގްރޫޕަކީ ސައިންސާއި ޓެކްނޮލަޖީ ދާއިރާގައި މަސައްކަތްކުރާ އަންހެނުން އިތުރުކުރުމަށާއި، ދާއިރާއާއި ގުޅޭ ސިޔާސަތުތައް ބައްޓަންކުރުމުގައި އަންހެނުންގެ ހިއްޞާއާއި ބައިވެރިވުން އިތުރުކުރުމަށް މިނިސްޓަރަށް ލަފާއެރުވުމަށް އެކުލަވައިލެވޭ ވާރކިން ގްރޫޕެއްކަމަށެވެ.

އަންހެނުން މި ދާއިރާގައި ހަރަކާތްތެރިވުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ ޤައުމީ އަދި ސަރަހައްދީ ފެންވަރުގައި، ޙައްލު ހޯދުމުގެ ގޮތުން މަސައްކަތް ކުރެވޭނޭ ގޮތްތައް ފާހަގަކޮށް، އެފަދަ ކަންކަން ރަނގަޅު ކުރެވޭނޭ ގޮތްތަކުގެ ލަފާ މިނިސްޓަރަށް އެރުވުން ވާރކިން ގްރޫޕުގެ ޒިންމާތަކުގެ ތެރޭގައި ހިމެނެއެވެ. ހަމަ އެއާއެކު، ބައިނަލްއަޤްވާމީ ފެންވަރުގައިސައިންސާއި ޓެކްނޮލަޖީ ދާއިރާގައި އަންހެނުން އިތުރުކުރުމަށް ކުރެވެންހުރި މަސައްކަތްތަކާއި ގުޅޭގޮތުން މިނިސްޓަރަށް ލަފަޔާއި މަޝްވަރާދީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

މި އުސޫލަށް ހިޔާލު ހުށައެޅުމަށް ބޭނުންވާ ފަރާތްތަކުން [email protected] މެއިލް ކުރުމުްނ ގެންދިޔުމަށް މިނިސްޓްރީން ވިދާޅުވެއެވެ.