ޚަބަރު

ނުދައްކާ ވާހަކައިގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް


އިންސްޓަގްރާމްގައި ކުރިއަށްގެންދާ ނުދައްކާ ވާހަކަ ލެޓްސްޓޯކް ސީރީސްގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖައްސައިފިއެވެ.

ޒުވާނުންގެ މެދުގައި ހުރި ނަފްސާ ބައްޔާއި ގުޅުންހުރި މައްސަލަތަކާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ޒުވާނުން އިސްނަގައިގެން ކުރިއަށްގެންދާ މިޕްރޮގްރާމް ލައިވްކުރަނީ އިންސްޓަރގްރާމްގައެވެ. މާދަމާރޭ ނުވައަކުން ދިހައަކަށް ކުރިއަށް ގެންދާ މިޕްރޮގްރާމުގައި 3 ޕެނަލިސްޓުން ބައިވެރިވެވަޑައިގަންނަވައެވެ.

އެގޮތުން އިޖުތިމާއީ އެހީގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތެއްކަމަށްވާ މުޙައްމަދު ޢަބްދުﷲއާއި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވާދެއްވާ މުދައްރިސެއްކަމުގައިވާ ޝަރުމާ ޢުމަރާއި ރެޑް އެމްވީގެ ފައުންޑަރ އަދި އިޖުތިމާޢީ އެހީތެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހަސަން ޒަމީރު މިޕްރޮގްރާމްގައި ބައިވެރިވެއެވެ. ސީރީޒްއެއް ގޮތަށް ކުރިއަށްގެންދާ މިޕްރޮގްރާމްގެ މިހަފްތާގެ މަޢުޟޫއަކީ "ލަރނިންގސް ފްރޮމް ކޯވިޑް-19" ނުވަތަ ކޯވިޑް-19ގެ ޙާލަތުން ދަސްވި ކަންކަން މިއެވެ.

"ނުދައްކާ ވާހަކަ" އިންސްޓްރގްރާމް ޕޭޖަކީ، ދަ ވައިބް ޖަމިއްޔާގެ މެންޓަލް ހެލްތް ޕްރޮގްރާމެވެ. މިޕޭޖުން ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮަ ކަމާެއި ގުޅުން ހުރި މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ. އެ ގޮތުން މި ޕޭޖް މެދުވެރިކޮށް ނަފްސާނީ ގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަަކަށް ބޭނުންވާ "ޕްރޮފެޝަނަލް" އެހީހޯދުމަށް ޢަމަލްކުރަންވީގޮތްތައް ބުނެދިނުމާއި، ހިތްނުތަނަވަސްވެ، ހާސްވެ، ކަންބޮޑުވާ ހިނދު، ވާހަކަ ދައްކާލުމަށް ވޮލަންޓިއަރުން ޙަރަކާތްތެރިވުމުގެ އިތުރުން، ސައިކޯސޯޝަލް ސަޕޯޓް ނުވަތަ ނަފްސާނީ، އިޖްތިމާޢީ ދިނުންވެސް ހިމެނޭ ކަމަށް އެޖަމިއްޔާއިން ބުނެއެވެ. ހަމައެއާއެކު ނަފްސާނީ މައްސަލަ ހުންނަ ފަރާތްތަކަށް ކަމާ ގުޅުންހުރި ދާއިރާގެ ޑޮކްޓަރުންނާއި ތެރަޕިސްޓުންނާ ހަމައަށް ދިޔުމުގައި މިޖަމިއްޔާއިން އަންނަންނީ އެހީތެރިކަން ފޯރުކޮށް ދެމުންކަމަށްވެސް އެޖަމިއްޔާއިން ބުނެއެވެ.