ފުރަބަންދާ ޚިލާފުވި މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން ފޮޓޯ އާއްމުކޮށްފިއެވެ.
ފުރަބަންދާ ޚިލާފުވި މައްސަލައެއްގެ ތަހުގީގަށް ސުވާލުކުރުމަށް ފުުލުހުން ހޯދަމުން އަންނަނީ ހއ. ކެލާ، ކުރަނގާފުށި، އުމުރުން 40 އަހަރުގެ އަޙްމަދު ރަޝީދުއެވެ. ފުލުހުން ވިދާދުވީ މި މީހާ ހޯދަނީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައިކަމަށެވެ. އަދި މި މީހާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާކަމަށާއި އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވަނީ ތަހުގީގަށް ހޯދާ އަޙްމަދު ރަޝީދު މިމަހުގެ 8 ވަނދުވަހުގެ 11 ޖަހާއިރަށް ފުލުހުންގެ މަރުކަޒަށް ހާޒިރުވުމަށް އަންގާފައެވެ.