ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފްލެޓްތައް އަންނަމަހު ދެނީ


ނުކުޅެދުންތެރިކަން
ހުންނަ ފަރާތްތަކަށް ހުޅުމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ 15 އަންނަމަހުގެ ތެރޭގައި
ހަވާލުކުރެވޭނެކަމަށް ލޯއެންޑް ޖެންޑަރ މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި،
ބަންޑާރަނައިބް މުހައްމަދު އަނިލް ވިދާޅުވެއްޖެއެވެ.

މީޑިއާއަށް މައުލޫމާތުދެއްވަމުން މުހައްމަދު
އަނިލް ވިދާޅުވީ މިފަނަރަ ފްލެޓްދޫކުރުމަށް  ކުރިން ފަރާތްތަކެއްހޮވިފައި ހުރިނަމަވެސް އޭރު ހުޅުވާލި ޝަކުވާ ހުށައެޅުމުގެ
ފުރުޞަތުގައި ހުށައެޅުނު ޝަކުވާތަކަށް ބަލާއިރު ބޮޑެތި މައްސަލަތަކެއް އެ
އެސެސްމެންޓްގައި ހުރިކަން ފާހަގަކުރެވުނުކަމަށެވެ.  އެހެންކަމުން އެއުސޫލަށް ބަދަލުގެނެސް އާއުސޫލެއްގެ ދަށުން އިޖްތިމާއި
އަދާލަތު ރައްކާތެރިކުރެވޭނެ މިންގަނޑެއް ތައްޔާރުކޮށް، ފްލެޓްތަކަށް އެދިހުށައަޅާފައިވާ ފަރާތްތަކުގެ އެސެސްމެންޓް އަލުން
ހަދަމުންދާކަމަށް އަނިލް ފާހަގަކުރެއްވިއެވެ. އަނިލް ވިދާޅުވީ އާއުސޫލުގެ ދަށުން އެސެސްމެންޓް ހަދާއިރު އެމީހެއްގެ
ނުކުޅެދުންތެރިކަން ހުންނަ މިންވަރުފަދަ މައިގަނޑު ތިންކަމަކަށް
ރިއާޔަތްކުރެވޭނެކަމަށެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ
އިއުލާންކުރައްވާފައިވާ ގޮތަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް
އާންމުފްލެޓްތަކަށް އެދި ހުށައަޅާއިރު ޚާއްޞަ ޕްއިންޓް އުސޫލަކުން މާކްސް
ލިބޭގޮތަށް ހަމަޖެހި އެކަންވެސް ހައުސިންގ މިނިސްޓްރީގެ ބެލުމުގެ ދަށުން
ހިނގަމުންދާކަން އަނިލް ފާހަގަކުރެއްވިއެވެ.