ޚަބަރު

ޔުނައިޓެޑް ލީގު ޑޮމިނޭޓު ކުރިގޮތަށް ލިވަޕޫލަކަށް ލީގު ޑޮމިނޭޓެއް ނުކުރެވޭނެ - ސޯލްޝެއާ

ލެޖެންޑަރީ ކޯޗު އެލެކްސް ފާގަސަންގެ ކޯޗުކަމުގައި މެންޗެސްޓާ ޔުނައިޓެޑް އިނގިރޭސި ފުޓްބޯޅަ ޑޮމިނޭޓްކުރި ގޮތަށް ލިވަޕޫލަށް ޑޮމިނޭޓް ނުކުރެވޭނެ ކަމަށް ޔުނައިޓެޑްގެ މިހާރުގެ ކޯޗު އޮލެގަނާ ސޯލްޝެއާ ބުނެފިއެވެ.

އޭނާ މިހެން ބުނީ 30 އަހަރަށް ފަހު ލިވަޕޫލުން އިންގްލިޝް ޕްރެމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމާ ގުޅިގެންނެވެ. ލިވަޕޫލްގެ މި ކާމިޔާބީ އެކުލަބުން ދަނީ ވަރަށް ބޮޑަށް ފާހަގަކުރަމުންނެވެ. އެ ޓީމަށް ތަށި ލިބުނީ ލީގުގައި ބާކީ އަދި ކޮންމެ ޓީމަކަށް ހަތް މެޗު އޮއްވައެވެ. މިހާކުރިން ޓީމަށް އަދި ތަށި ޔަގީނެއްނުވޭ. ސޯލްޝެއާ ބުނީ ލިވަޕޫލުން ތަށި ހޯދުމުން ދެރަވާ ކަމަށާއި ނަމަވެސް އެޓީމަށް މަރުޙަބާކިޔާ ކަމަށެވެ.

އަދި ކޮންމެ ޓީމަކުން ޕްރެމިއާ ލީގު ކާމިޔާބު ކުރި ނަމަވެސް އެއީ އެ ޓީމަކުން ކުރާ ބުރަ މަސައްކަތުން ލިބޭނެ އެއްޗެއް ކަމަށެވެ. ފާގަސަންގެ 26 އަހަރުގެ ތެރޭގައި ޔުނައިޓެޑުން ވަނީ 13 ފަހަރު ޕްރެމިއާ ލީގު ކާމިޔާބުކޮށްފައެވެ. ނަމަވެސް އެ ޓީމަށް ތަށި އެންމެ ފުރަތަމަ ފަހަރަށް މި ތަށި ހޯދަން 26 އަހަރު އިންތިޒާރުކުރަން ޖެހުނެވެ.

ސޯލްޝެއާ ބުނީ ފާގަސަން ކޯޗުކަމުން ވަކިވިފަހުން މިވީ ހަތް އަހަރު ތެރޭގައި ޔުނައިޓެޑަށް ޕްރެމިއާ ލީގު ލިބިފައިނެތަސް އަލުން ތަށި ހޯދުމަށް 26 އަހަރު ހޯދަން ނުޖެހޭނެ ކަމަށެވެ. އަދި ލިވަޕޫލަކީ މޮޅު ޓީމެއް ކަމަށާއި ނަމަވެސް އެ ޓީމަށް އިނގިރޭސި ފުޓްބޯޅަ ޑޯމިނޭޓް ކުރެވޭނެ ގާބިލްކަން އަދި ނެތްކަމަށެވެ.