ކުޅިވަރު

ސްޕެނިޝް ސުޕަރ ކަޕްގެ ޗެމްޕިއަންކަން ބިލްބާއޯއަށް




ސްޕެނިޝް ސުޕަރކަޕްގެ ދެވަނަ
ލެގުގައި ބާސެލޯނާއާ އެއްވަރުކޮށް ތިރީސް އެއް އަހަރަށްފަހު އެތްލެޓިކް
ބިލްބާއޯއިން ފުރަތަމަ ފަހަރަށް ތައްޓެއް ހޯދައިފިއެވެ.



ރޭ ބާސެލޯނާގެ ދަނޑުގައި
ކުޅުނު ދެވަނަ ލެގުގެ މެޗް އެއްވަރުވެފައިވަނީ އެއް ލަނޑު އެއް ލަނޑުންނެެވެ. މި ދެ
ޓީމް އެތްލެޓިކް ބިލްބާއޯގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗް އެތްލެޓިކް
ބިލްބާއޯ ކާމިޔާބުކޮށްފައިވަނީ ހަތަރު ލަނޑު ސުން ލަނޑުންނެވެ. އެހެންކަމުން
ބިލްބާއޯއަށް ޗެމްޕިއަންކަން ލިބުނީ ފަސް ލަނޑު އެއް ލަނޑުގެ އެގްރިގޭޓުންނެވެ. 



ރޭގެ
މެޗްގައި ބާސެލޯނާގެ ޖެރާޑް ޕީކޭއާ، ބިލްބާއޯގެ ކިކޭ ސޯލާއަށް ވަނީ  ރަތްކާޑު ދައްކާފައެވެ. މި މެޗްގައި ފުރަތަމަ ލަނޑު
ޖަހާ ކުރި ހޯދީ ބާސެލޯނާއިންނެވެ. މި ލަނޑު އެ ޓީމަށް ފުރަތަމަ ހާފްގައި
ކާމިޔާބުކޮށްދިނީ ލަޔަނަލް މެސީއެވެ. ދެވަނަ ހާފްގައި ބިލްބާއޯއަށް މެޗްގެ ނަތީޖާ
ހަމަހަމަ ކޮށްދިނީ އަދޫރިޒްއެވެ.