ޚަބަރު

ލޮކްޑައުންއަށް ދިން ލުޔާއެކު މާލެ-ހުޅުމާލެ ބަސް ދަތުރުތައް ފަށައިފި


ލޮކްޑައުންއަށް ދިން ލުޔާއެކު މާލެ-ހުޅުމާލެ ބަސް ދަތުރުތައް ފަށައިފިއެވެ.

ގްރޭޓަރ މާލެ ޓްރާންސްޕޯޓް ލިންކުން އާއްމުކޮށްފައިވާ އައު ޝެޑިއުލްގައިވާ ގޮތުން އައިޖީއެމްއެޗް ބަސް ސްޓޮޕްއިން ހުޅުމާލެއަށް ދާ ރޫޓް 1ގެ ބަސް ދަތުރުތައް ހެނދުނު 6:30ގައި ފަށާނެއެވެ. އަދި ކާނިވާ ބަސް ސްޓޮޕްއިން ހުޅުމާލެއަށް ދާ ރޫޓް 2ގެ ބަސް ދަތުރުތައް ހެނދުނު 7:00 ޖަހާއިރު ފަށާނެއެވެ. ރޫޓް 1ގެ ބަސް ދަތުރުތައް އޮންނާނީ ރޭގަނޑު 11:30 އާ ހަމައަށެވެ. ރޫޓް 2 ދަތުރުތައް އޮންނާނީ ހަވީރު 17:00އާ ހަމައަށެވެ.

ކުރިން ހުޅުމާލެއާއި މާލެއާ ދެމެދު 15 މިނެޓުން ބަސް ދަތުރުތައް ބޭއްވިނަމަވެސް، އައު ޝެޑިއުލްގައި ވަނީ ބަދަލުތަކެއް ގެނެސް، ދަތުރުތައް ބާއްވާ ވަގުތުތައް މަދުކޮށްފައެވެ.

މާލެ ހުޅުމާލެ އައު ބަސް ޝެޑިއުލް

ގްރޭޓަރ މާލެ ޓްރާންސްޕޯޓް ލިންކުން މާލެއާއި ހުޅުމާލެއާ ދެމެދު ބާއްވާ ބަސް ދަތުރުތައް އައު ޝެޑިއުލްއަކަށް އަލުން ފަށާފައި މިވަނީ، ލޮކްޑައުންއާ ގުޅިގެން ބަސް ދަތުރުތައް މެދުކަނޑާލާފައި އޮތުމަށްފަހުއެވެ.

ލޮކްޑައުންގެ ދުވަސްތަކުގައި ގްރޭޓަރ މާލޭ ޓްރާންސްޕޯޓް ލިންކުން ބަހުގެ ޚިދުމަތް ދިނީ ހުއްދަ އޮތް ފަރާތްތަކަށް އެކަންޏެވެ.