ޚަބަރު

ކެނަބިސްކަމަށް ބެލެވޭ ގަހެއް ދިށްފުށިން ފެނިއްޖެ


ކެނަބިސްކަމަށް ޝައްކުކުރެވޭ ގަހެއް ކ ދިށްފުށިން ފެނިގެން އެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ، ފުލުހުން ވިދާޅުވީ ކެނަބިސްކަމަށް ބެލެވޭ ގަހެއް ކ ދިށްފުށި ގެއެއްގައި ހުރިކަމަށް އެރަށު ކައުންސިލުން މިއަދު ހެނދުނު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ އާއި ގުޅިގެން މިއަދު ހަވީރު 16:00 ގައި ކޯޓު އަމުރެއްގެ ދަށުން ތަނެއް ބަލާ ފާސްކޮށްފައިވާކަމަށެވެ. އަދި އެތަނުން ތަހުޤީގަށް ބޭނުންވާ ސާމްޕަލް ނަގާ ތަހުލީލުކުރުމަށް ފޮނުވާފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

އެހެންނަމަވެސް މި މައްސަލައާއި ބެހޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.