ޚަބަރު

ބްރިޖްމަތިން ފުންމާލި މީހަކު ހާލު ބޮޑުވެގެން ފަރުވާދެނީ


ބްރިޖުމަތުން ފުންމާލި ބިދޭސީއަކު ހާލު ބޮޑުވެގެން ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ ބުރިޖްމަތިން ކަނޑަށް ފުންމާލީ އުމުރުން 31 އަހަރުގެ އިންޑިއާގެ ފިރިހެނެއްކަމަށެވެ އެ މީހާ ކަނޑަށް ފުންމާލި ރިޕޯޓް އެ އިދާރާއަށް ހުށައެޅީ 15:46 ކަމަށެވެ. އަދި ފުުލުހުންގެ ލޯންޗެއްގައި އެމީހާ ނަގައިގެން އައިޖީއެމްއެޗްއަށް ގެންގޮސްފައިވާކަމަށެވެ.

އަޖީއެމްއެޗްގައި މިމިހާއަށް ފަރުވާދެމުން އަންނައިރު އެމީހާގެ ހާލު ބޮޑުކަމަށް މައުލޫމާތުލިބިފައިވެއެވެ. މިމީހާ ބްރިޖުމަތިން ފުންމާލީ ބްރިޖުގެ މެދާކާއި ހިސާބުންކަމަށް އެނގިފައިވެއެވެ. އަދި މި މީހާއަކީ މާލެއިން ހުޅުމާލެއަށް ދިޔަ މީހެއްކަމަށްވެސް އެނގިފައިވެއެވެ.

މީގެ ކުރިންވެސް ބްރިޖުމަތިން ބައެއް މީހުންވަނީ ފުންމާލާފައެވެ.