މަޖީދީމަގު އޮލިމްޕަސް ކުރިމަތިން ހުރި މޯބައިލް ފިހާރައެއް ކަމަށްވާ އެކްސީޑް ފިހާރައިގައި އަލިފާން ރޯވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާންރޯވެފައިވަނީ އެކްސީޑް ފިހާރައިގެ ދެވަނަ ފަންގިފިލާގައެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.
މިފިހާރައިގައި ރޯވެފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު މެނދުރު އެކެއްޖެހި އިރު ކަމަށާއި، ރިޕޯޓް ލިބުނުތާ ވިއްސަކަށް މިނިޓްތެރޭގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިން އަލިފާން ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.
މިސަރަހއްދުގައި މިހާރު ފުލުހުންދަނީ ހަރަކާތްތެރިވަމުންނެވެ.