ޚަބަރު

އިސްރާއީލު ސިފައިން ފަލަސްޠީނުގެ ހަތިޔާރު ނެތް ރައްޔިތަކު ޝަހީދުކޮށްލައިފި


އިސްރާއީލް ސިފައިން ސިފައިން ފަލަސްޠީނުގެ ހަތިޔާރެއް ނެތް ރައްޔިތަކު ބަޑިޖަހައި މަރައިލައިފިއެވެ.

32 އަހަރުގެ އިޔާދު އަލް ހައްލަކަކީ އިރުމަތީ ޤުދުސްގެ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަދަރުސާއެއްގައި މަސައްކަތްކުރާ ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ މީހެކެވެ.

އިސްރާއީލު ސިފައިން އޭނާ މަރާލާފައިވަނީ ހަތިޔާރެއްކަމަށް ބެލެވޭ ޒާތުގެ އެއްޗެއް ހިފައިގެން ހުރިކަމަށް ބުނެ އޭނާ ފަހަމުން ދިޔުމުގެ ތެރޭގައެވެ.

އިސްރާއީލުގެ ފުލުހުންގެ ތަރުޖަމާނު މިކީ ރޯސެންފީލްޑް ވިދާޅުވީ އެ ސަރަޙައްދުން ހަތިޔާރެއް ފެނިފައިނުވާކަމަށެވެ. އެ ޙާދިސާ ހިނގާފައިވަނީ ހުޅަނގު އައްސޭރީގެ ރައްމަﷲގައި ފަލަސްޠީނުގެ ރައްޔިތެއް މަރާލިތާ އެއް ދުވަސް ފަހުންނެވެ.