ޚަބަރު

ސްރީލަންކާގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވެދާނެކަމުގެ ބިރު ބޮޑުވެއްޖެ


ކޯވިޑް-19 ފެތުރޭތީ ސްރީލަންކާގައި އިޢުލާނުކޮށްފައިވާ ކާފިއުއާއި އިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމުގެ ޤަވާއިދުތަކާ ޚިލާފުވެ އެތައް ހާސް ބަޔަކު ސިޔާސީ ލީޑަރެއްގެ ޖަނާޒާގައި ބައިވެރިވުމުން އެ ޤައުމުގެ ރަސްމީ އިދާރާތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ސައިފަތް ޕްލާންޓޭޝަން ޔޫނިއަނެއްގެ ލީޑަރު އަދި ސަރުކާރުގެ ވަޒީރު އަރުމުގަމް ތޮންޑަމަން އަވަހާރަވުމުން އޭނާއަށް އިޚްތިރާމް ޢަދާކުރުމަށް އެތައް ހާސް ބަޔަކު އެއްވުމުން ސަރުކާރާއި ޞިއްޙީ މާހިރުންވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ.

މީހުން އެއްވާ މިންވަރު މަދުކުރުމުގައި ނާކާމިޔާބުވުމުން އެ ޤައުމުގެ ސަރުކާރުންވަނީ 24 ގަޑިއިރުގެ ކާފިއުއެއް އިޢުލާނުކޮށްފައެވެ.