ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބްލިއެޗްއޯއާއި އެމެރިކާއާ ދެމެދު އޮންނަ ގުޅުން އެ ޤައުމުން ކަނޑާލަން ނިންމުމުން، އެ ނިންމުން އަލުން މުރާޖަޢާކުރުމަށް ވިލާތުގެ އިއްތިޙާދުން އެމެރިކާއަށް ގޮވާލައިފިއެވެ.
އެމެރިކާއިން ޑަބްލިއުއެޗުއޯއަށް ދެމުން އައި މާލީ އެހީތެރިކަން ކަނޑާލާއި އެ ޖަމްޢިއްޔާއާއެކު އޮންނަ ގުޅުން ކަނޑާލާފައިވަނީ ދުނިޔޭގައި ކޯވިޑް-19 ފެތުރެންފެށުމުން އެ ޖަމްޢިއްޔާއިން އެދެވޭ ފިޔަވަޅު އަޅާފައިނުވާކަމަށް ބުނެއެވެ.
ވިލާތުގެ އިއްތިޙާދުން ނެރުނު ބަޔާނެއްގައި ބުނީ ދުނިޔޭގައި ހިނގާ ޞިއްޙީ ކާރިޘާތަކުން އަރައިގަތުމަށް ޑަބްލިއުއެޗުއޯއިން މަސައްކަތްކުރުމަށް މަގުފަހިކޮށްދޭން ޖެހޭކަމަށާއި އެމެރިކާގެ ނިންމުން ބަދަލުކުރުމަށް ގޮވާލާކަމަށެވެ. އަދި ދުނިޔޭގެ ހުރިހާ ޤައުމުގެއް އެކުގައި މަސައްކަތްކޮށްގެން މެނުވީ ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުން އަރައިނުގަނެވޭނެކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.