ޚަބަރު

އިނގިރޭސިވިލާތުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން އަދި އަވަސް


ކޯވިޑް-19 ފެތުރޭތީ އިނގިރޭސިވިލާތުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއި ދޭން އަދި މާ އަވަސްކަމަށް ސައިންސުވެރިން ބުނެފިއެވެ.

އިނގިރޭސިވިލާތުގެ ސަރުކާރަށް ލަފާ އަރުވާ ތިން ސައިންސުވެރިއަކު ބުނީ އެ ޤައުމުގައި ކޯވިޑް-19 ފެތުރޭ މިންވަރު އަދިވެސް އެދެވޭ މިންވަރަށް ދަށްކުރެވިފައިނުވާކަމަށާއި ބަލިޖެހޭ މީހުންގެ ޢަދަދާއި މަރުވާ މީހުންގެ ޢަދަދު ކުރިއެކޭ އެއްވަރަށް އިތުރުވެއްޖެނަމަ ޤައުމުގެ ޙާލަތު ވަރަށް ގޯސްވާނެކަމަށެވެ.

ބަލި ޖެހޭ މީހުން ތަހުލީލުކުރުމާއި ދެނެގަތުމުގެ ނިޒާމް އަދިވެސް ފުރިހަމައަށް މަސައްކަތް ނުކުރާކަމަށް ފާހަގަކޮށް ބައެއް ސައިންސުވެރިންވަނީ އެ ޤައުމުގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދޭން ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ސިޔާސީ ނިންމުމެއްކަމަށް ތުހުމަތުކޮށްފައެވެ.