ހއ.އަތޮޅުން ޅ.އަތޮޅަށް ނެރެފައިވާ ވައިޓް އެލާޓްގެ މުއްދަތު އިތުރުކޮށްފިއެވެ.
މެޓް އޮފީހުން ހއ.އަތޮޅުން ޅ.އަތޮޅަށް ވައިޓް އެލާޓް ފުރަތަމަ ނެރުނީ ރޭ ފަތިހު 5:00 އިން ހެނދުނު 10:00 އަށެވެ. ނަމަވެސް ވައިޓް އެލާޓްގެ މުއްދަތު މެޓް އޮފީހުން މިހާރު ވަނީ ހެނދުނު 11:00 އިން ހަވީރު 5:00 އަށް ވަނީ އިތުރުކޮށްފައެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުން ހއ.އަތޮޅުން ޅ.އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށެވެ. އަދި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނުގައި ވައިޖެހޭނެކަމަށްވެސް މެޓް އޮފީހުން ލަފާކުރައްވައެވެ.
ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް މިދުވަސްވަރު ވިއްސާރަކުރަމުންދާއިރު، ބައެއް ރަށްތަކުގެ ގޭގެއަށް ގެއްލުންވެސް ދަނީ ލިބެމުންނެވެ.