ކުޅިވަރު

އެތްލެޓިކްސް ޓީމް އަމާޒަށް ވާޞިލްވެއްޖެ - ސާއިދު


އެތްލެޓިކްސް ޓީމް އެނބުރި އައީ ކަނޑައެޅި ޓާގެޓް ހާޞިލްކޮށްގެންކަމަށް ރަން މެޑަލް ހޯދި ހަސަން ސާއިދު ބުނެފިއެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށްފަހު ރީޔޫނިއަންއިން ފުރުމުގެ ކުރިން ސާއިދު ބުނީ ޓީމްގެ އަމާޒަކަށް އޮތީ ތިނަކާއި ފަހަކާއި ދެމެދުގެ އަދަދަކަށް މެޑަލް ހޯދުކަމަށެވެ. އަދި އެނބުރި މިދަނީ އެއަމާޒަށް ވާޞިލްވެގެންކަމަށް ސާއިދު ބުންޏެވެ.އެތްލެޓިކްސް ޓީމުން ވަނީ ރަންމެޑަލްއަކާއި ރިހި މެޑަލްއެއްގެ އިތުރުން ލޯ މެޑަލްއެއްވެސް ހޯދާފައެވެ. ރަނާއި ރިހި މެޑަލް ހޯދީ ހަސަން ސާއިދުއެވެ. ލޯ މެޑަލް ހޯދީ ޝަމްހާ އަހުމަދެވެ. ސާއިދު ބުނީ މިއީ ވަރަށް ކާމިޔާބު މުބާރާތެއްކަމަށެވެ. އަދި ޤައުމީ ތިން ރެކޯރޑާއެކު ތިން މެޑަލް ލިބުމުން މިއީ އެންމެ ކާމިޔާބު މުބާރާތްކަމަށް ސާއިދު ބުންޏެވެ." ޤައުމީ ތިން ރެކޯޑާއެކު ތިން މެޑަލް ލިބުމުން މިއީ އެންމެ ކާމިޔާބު މުބާރާތޭ ބުނެވިދާނެ. ޖެމެއިކާގައި ތަމްރީން ހަދާތާ މިއީ ތިން އަހަރު. ތިން އަހަރު ފުރިއްޖެ. ތިން އަހަރު ދުވަހު ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަންނޭންގެ އަޅުގަނޑުމެންނަށް މިފެނުނީ. " ޒުވާން އެތްލީޓް ބުންޏެވެ.