ޚަބަރު

ދަރަނބޫދޫ ބަނދަރު ތަރައްޤީކުރަން ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފި


ފ.ދަރަނބޫދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުއަށް ބޭނުންވާ ސާމާނު އެރަށައް ގެންގޮސްފިއެވެ. އެރަށަށް މިސާމާނު ގެންގޮސްފައިވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ.

ދަރަނބޫދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ޙަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ.

ތިރީސް އަށް މިލިޔަން ދުއިސައްތަ ނުވަދިހަ ހަ ހާސް ހަސަތޭކަ ނުވަދިހަ ދެ ރުފިޔާ ޙަރަދުކޮށްގެން ކުރިއަށް ގެންދަ މި މަޝްރުުއގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޯށްފައިވަނީ 397 ދުވަހުގެ ތެރޭ ނިންމުމަށެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ބޮޑު ހިލަ ބޭނުންކޮށްގެން 410 މީޓަރ ބޭރުތޮށި ހެދުމާއި، 196 މީޓަރ އެއްގަމު ތޮށި ހެދުން ހިމެނެއެވެ. އަދި 10 މޫރިން ބުލޮކް ލުމާއި، 10 ބަނދަރު ބައްތި ހަރުކުރުމާއި، 2 ނެރުބައްތި ހަރުކުރުން ހިމެނެއެވެ.

މީގެ އިތުރުން ދެހާސް ފަސް ސަތޭކަ އަކަ މީޓަރުގެ ޕޭވްމަންޓެއް ހެދުމާއި، ސާޅީސް ދެހާސް ހަ ސަތޭކަ އަކަ މީޓަރުގެ ބަނދަރެއް ފުންކުރުމާއި، ހަތަރު ހާސް އަކަ މީޓަރުގެ ނެރެއް ފުންކުރުމާރި އަދި ފަސްދޮޅަސް މީޓަރުގެ ރިވެޓްމަންޓްޖެހުންވެސް ހިމެނެއެވެ.