ޚަބަރު

ހޫޘީން ދިން މިސައިލު ޙަމަލާއެއްގައި 7 މީހުން މަރުވެއްޖެ


ހޫޘީ ހަނގުރާމަވެރިން ޔަމަނުގެ މަޣްރިބު ޕްރޮވިންސަށް ދިން މިސައިލް ޙަމަލާއެއްގައި 7 މީހުން މަރުވެއްޖެއެވެ.

ސަޢުދީ ޢަރަބިއްޔާ އިސްވެ އޮވެގެން އުފައްފާދައިވާ ޢަރަބި ކޯލިޝަނުގެ ބާރު ހިނގާ މައުރިބް ޕްރޮވިންސުގެ އަސްކަރީ މަރުކަޒަކަށް ހޫޘީން ހަމަލާދީފައިވަނީ ކޯވިޑް-19 ފެތުރޭތީ އެއްމަސް ދުވަހުގެ މުއްދަތައް ޙަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވަނިކޮށެވެ. އެ ޙަމަލާގައި މަރުވި މީހުންގެ ތެރޭގައި ސަރުކާރުގެ ޗީފް އޮފް ސްޓާފް ލިއުޓްނަންޓް ޖެނެރަލް ސަޤީރު ބުން ޢަޒީޒްގެ ޢާއިލާއަށް ނިސްބަތްވާ ބަޔަކުވެސް ހިމެނޭކަމަށް އަސްކަރީ މަސްދަރުތަކުން ބުނެއެވެ. އޭގެ ތެރޭގައި އޭނާގެ ދަރިކަލަކާއި ބޮޑުބޭބެކިޔާ ކުއްޖެއް ހިމެނާކަމަށް އެ މަސްދަރުތަކުން ބުނެއެވެ.

2018ވަނަ އަހަރުން ފެށިގެން އދން ދަނީ ޔަމަނުގެ ސަރުކާރާއި ހޫޘީންނާ ދެމެދެ ޞުލްޙައިގެ ދާއިމީ އެއްބަސްވުމެއް ޤާއިމްކުރެވޭތޯ މަސައްކަތްކުރަމުންނެވެ. އދގެ އިންސާނީ އެހީތެރިކަމާބެހޭ ކައުންސިލުން ބުނީ ޔަމަނުގައި ވަރަށް ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާކަމަށާއި އެ ޤައުމުގައި ތިބި ކާބޯތަކެއްޗަށް ޖެހިފައިވާ ފަޤީރުންނަށް ބަލީގެ އަސަރުކުރުމުގެ ފުރުޞަތު ވަރަށް ބޮޑުކަމަށެވެ. އެ ޤައުމުގައި އެދެވޭ މިންވަރަށް ވައިރަހަށް ތަހުލީލުކުރެވެން ނެތްކަމަށާއި އެ ޤައުމުގެ ޞިއްޙީ ނިޒާމު އޮތީ އެއްކޮށް ވީރާނާވެފައިވާކަމަށް އެ ޖަމާޢަތްތަކުންދަނީ ބުނަމުންނެވެ.