އަންނަ ހަފުތާގައި ސަޢުދީ ޢަރަބިއްޔާގެ އެތެރޭގެ އުދުހުންތައް އަލުން ފަށަން އެ ޤައުމުން ތައްޔާރުވެއްޖެއެވެ.
ސަޢުދީ ޢަރަބިއްޔާގެ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާއިންވަނީ މެއި މަހުގެ 31ވަނަ ދުވަހުން ފެށިގެން އެ ޤައުމުގެ އެތެރޭގެ އުދުހުންތައް އަލުން ފަށަން ހަމަޖެހިފައިވާކަމަށް އިޢުލާނުކޮށްފައެވެ. އެ ނިންމުން ނިންމާފައިވަނީ ކޯވިޑް-19 ފެތުރޭތީ ހުރިހާ ވައިގެ ދަތުރެއް ހުއްޓާލާފައި އޮންނަތާ ދެ މަސް ދުވަސް ފާއިތުވެފައި ވަނިކޮށެވެ. ސަޢުދީ ޢަރަބިއްޔާއިން ބުނީ އެތެރޭގެ އެދުހުންތައް އަލުން ފަށާނީ މަރުހަލާތަކަކަށް ބަހާލައިގެންކަމަށާއި ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އެ ޤައުމުގެ ހުރިހާ ސަރަޙައްދީ ވައިގެ ބަނދަރުތަކަށް ދަތުރުތައް ފަށާނެކަމަށެވެ. ފުރަތަމަ މަރުހަލާގައި ދުވާލެއްގެ މައްޗަށް ކުރާނީ 60 ދަތުރެވެ.
ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާއިން ބުނީ ވައިގެ ބަނދަރުތަކާއި ވައިގެ ދަތުރުފަރުތުގެ ޚިދުމަތްދޭ އެއާލައިނުތަކާއި ސިވިލް އޭވިއޭޝަން ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކާ ގުޅިގެން އާންމުންގެ ތަރުހީބު އޮންނަ މިންވަރަކުން ޚިދުމަތް ފޯރުކޮށްދޭން މަސައްކަތްކުރަމުންދާނެކަމަށަވެ. އަދި ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅާނެކަމުގެ ޔަޤީންކަން އެ އިދާރާއިންވަނީ ދީފައެވެ.
ސަޢުދީ ޢަރަބިއްޔާގައި މެއި މަހުގެ 31ވަނަ ދުވަހުން ފެށިގެން މިސްކިތްތައް އަލުން ހުޅުވާލާ، ސަރުކާރުގެ އިދާރާތަކާއި އަމިއްލަ އިދާރާތައް އަލުން ހުޅުވަން ފަށާނެއެވެ