އެތުލެޓިކްސް

ރިލޭގައި 5 އަހަރުވީ ރެކޯޑެއް މުގުރާލައިފި


ރިލޭގައި ފަސް އަހަރުވީ ރެކޯޑެއް މިއަދު އިރުއޮއްސުނު އިރު މުގުރާލައިފިއެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މުގުރާލީ ހަތަރެއް ގުނަ 100 މީޓަރު
ރިލޭގެ ރެކޯޑެވެ. ރެކޯޑް މުގުރާލީ 41:36 ސިކުންތުން ރޭސް ނިންމައިގެންނެވެ. ކުރީގެ
ރެކޯޑަކީ 41:39 ސިކުންތެވެ.



މިރެކޯޑް މުގުރާލީ ރާއްޖޭގެ އެންމެ ހަލުވި ދުވުންތެރިޔާ ހަސަން ސާއިދާއި،
ހުސެއިން ހަލީމާއި، ހުސެއިން އިނާސްއާއި، ނުޖޫމް ހަސަންއެވެ. މީގެތެރެއިން
ހުސެއިން ހަލީމާއި، ހަސަން ސާއިދަކީ މިއަދުގެ ދުވުމާއި ހަމައަށްވެސް މިރިކޯޑް ހެދި
އެތްލީޓުންގެ ތެރޭގައި ހިމެނޭ ދެ އެތްލީޓުންނެވެ. މީގެއިތުރުން ކުރިން ރެކޯޑްގައި ޙިއްޞާވަނީ
އަލީ ޝަރީފާއި، އަޒްނީމް އަހުމަދެވެ. އެއީ 2010 ވަނަ އަހަރު ބަނގްލަދޭޝްގައި އޮތް
ސައުތް އޭޝިޔަން ގޭމްސްގައެވެ. އެގޭމްސްގައި ރާއްޖެއިން ލޯ މެޑަލް ހޯދިއެވެ.



ޤައުމީ
ރެކޯޑް އާކުރި ނަމަވެސް ރިލޭގައި ރާއްޖޭގެ އެތްލީޓުން ދިޔައީ ހަތަރު ޤައުމު
ވާދަކުރި އިވެންޓްގެ ހަތަރު ވަނައަށެވެ.