އެތުލެޓިކްސް

200 މީޓަރ ދުވުމުން ސާއިދުއަށް ރިހި މެޑަލް


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 200 މީޓަރ ދުވުމުން ހަސަން ސާއިދުއަށް ރިހި މެޑަލް ލިބިއްޖެއެވެ. މިއަދު ދުއިސައްތަ މީޓަރ ދުވުމުގެ ފައިނަލް ހީޓް ސާއިދު ނިންމީ 21.08 ސިކުންތުންނެވެ. މިއީ ޤައުމީ އާ ރެކޯޑެކެވެ. 200 މީޓަރގެ ފުރަތަމަ ހީޓް ސާއިދު މިއަދު ހެނދުނު ނިންމީ ދެވަނައިގައެވެ. ހަސަން ސާއިދު ވަނީ 100 މީޓަރ ދުވުމުން ރަން މެޑަލް ހޯދާފައެވެ.މިހާތަނަށް އައި އިރު މިގޭމްސްއިން ރާއްޖެއަށްވަނީ 6 މެޑަލް ލިބިފައެވެ. އެއީ 1 ރަން މެޑެއްޔާއި، 2 ރިހި މެޑަލްގެ އިތުރުން 3 ލޯ މެޑެއްޔެވެ.