ޚަބަރު

ފަރީދީ މަގުން ފެނުނީ ދުވަސް ނުފުރާ ވިހާފައިވާ ކުއްޖެއްނޫން-ޕޮލިސް


މިއަދު މާލޭ ފަރީދީ މަގުގައި ހުންނަ އެފް.ޑީ.އައި ސްޓޭޝަން ކައިރިން ފެނުނީ ދުވަސް ނުފުރާ ވިހާފައިވާ ކުއްޖެއް ނޫންކަމަށާއި، އެއީ އިންސާނެއް ނޫންކަން އައިޖީއެމް ހޮސްޕިޓަލުން ކަށަވަރު ކޮށްދެއްވާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ހެދުނު 11:30 އެހާކަންހާއިރު، ދުވަސް ނުފުރާ ވިހާފައިވާ ތުއްތު ކުއްޖަކު އެފްޑީއައި ސްޓޭޝަން ކައިރިއަށް އެއްލާލާފައި އޮތް ކަމަށް ފުލުހުންނަށް ރިޕޯޓު ކުރުމާ ގުޅިގެން ފުލުހުންގެ ޓީމަކުން އެސަހަރަހައްދަށް ގޮސް އެތަނުގައި ވަނީ ހަރަކާތްތެރިވެފައެވެ. އަދި އެތަނުންފެނުނީ ދުވަސްނުފުރާ ވިހާފައިވާ ކުއްޖެއްތޯ ބެލުމަށް އައިޖީއެމްއެޗަށް ގެންގޮސް ތަހުލީލު ކުރުމަށްފަހު އެ ހޮސްޕިޓަލުން އެއީ އިންސާނެއް ނޫންކަން ކަށަވަރު ކޮށްދެއްވާފައިވާކަމަށް ފުލުހުން ބުނެއެވެ.