އެތުލެޓިކްސް

ސާއިދުއާއި އަފާ 200 މީޓަރ ދުވުމުގެ ފައިނަލް ބުރަށް


ދުއިސައްތަ މީޓަރ ދުވުމުގެ ފައިނަލް ބުރުން ރާއްޖޭގެ އެންމެ ބާރު
ދުވުންތެރިޔާ ހަސަން ސާއިދު ޖާގަ ހޯދައިފިއެވެ. 100 މީޓަރުގެ ރަން މެޑަލް ހޯދި
ސާއިދު 200 މީތަރު ދުވުމުގެ ފައިނަލް ބުރުން ޖާގަ ހޯދީ މީގެ ކުޑައިރުކޮޅެއް ކުރިން
އޮތް ހީޓްގައި ވާދަކޮށް ދެވަނައަށް ރޭސް ނިންމައިގެންނެވެ. ސާއިދު ރޭސް ނިންމީ
21:67 ސިކުންތުންނެވެ. އެއްވަނައަށް ރޭސް ނިންމި މޮރިޝަސްގެ އެތްލީޓް ރޭސް ނިންމީ
21:57 ސިކުންތުންނެވެ. މި ހީޓްގައި ވާދަކުރީ ހަ އެތްލީޓުންނެވެ.



200 މީޓަރު އަންހެން ބައިގެ ހީޓްގައި ވާދަކޮށް އަފާ އިސްމާއީލް ރޭސް ނިންމީ
ފަސް އެތްލީޓުން ވާދަކުރި ހީޓްގެ ހަތަރު ވަނައަށެވެ. ނަމަވެސް އަފާއަށް ވެސް ވަނީ
ފައިނަލް ބުރުން ޖާގަ ލިބިފައެވެ. އެއީ ކޮންމެ ހީޓަކުންވެސް އެންމެ ފުރަތަމަ ރޭސް
ނިންމި 3 އެތްލީޓުންނަށް ޖާގަ ދިނުމަށްފަހު، ޓައިމިންގއަށް ބަލައިގެން ޖާގަ ދިން
ދެ އެތްލީޓުންގެ ތެރޭގައި ހިމެނިގެންނެވެ. އަފާ ރޭސް ނިންމީ 25:43 ސިކުންތުންނެވެ.
މިއާއެކު 200 މީޓަރު އަންހެން ޤައުމީ ރެކޯޑްވެސް އަފާވަނީ ހަދާފައެވެ.



200 މީޓަރު ދުވުމުގެ އަނެއް ހީޓްގައި ވާދަކުރި ރާއްޖޭގެ އައިމިނަތު ނަޒްރާ
ރޭސް ނިންމީ 27:10 ސިކުންތުންނެވެ. ހީޓްގެ ފަސްވަނަ ލިބުނު ނަމަވެސް ނަޒްރާ
ފައިނަލް ބުރަށް ކޮލިފައިއެއް ނުވެއެވެ.



ސާއިދު ފައިނަލް ބުރުގައި ދުވާނީ މިއަދު މާލެ ގަޑިން 19:25 ގައެވެ.