ޚަބަރު

ކޯވިޑް-19 : އިތުރު 6 މީހަކު ޕޮޒިޓިވްވެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު 116އަށް


އިތުރު 6 މީހަކު ޕޮޒިޓިވްވެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު 116އަށް އަރައިފިއެވެ.
މިމީހުންގެ ތެރޭގައި ހިމެނެނީ 2 ދިވެހިންނާއި ބަންގްލަދޭޝްގެ 2 މީހުންނާއި އިންޑިއާ މީހަކާއި ސްރީ ލަންކާ މީހެއްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މަޢުލޫމާތުދެއްވައެވެ. މިއީ ސްރީލަންކާ މީހަކު ރާއްޖެއިން ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

މިއާއެކު މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 96އަށް މިވަނީ އަރާފައެވެ. އަދި ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ 116 އަރައެވެ.