ފުޓުބޯޅަ

ރާއްޖެ ކުރި ހޯދާފައި ވަނިކޮށް، މަޔޯއްޓޭ އަތުން ބަލިވެއްޖެ


ފުރަތަމަ ލީޑް ނަގާފައި ވަނިކޮށް، މަޔޯއްޓޭ އަތުން ރާއްޖޭގެ ސީނިއަރ ފުޓްބޯޅަ ޓީމް ބަލިވެއްޖެއެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދާދި ދެންމެ ނިމުނު މެޗުގައި ރާއްޖޭގެ
ސީނިއަރ ޤައުމީ ފިރިހެން ފުޓްބޯޅަ ޓީމް ބަލިވީ ތިނެއް އެކަކުންނެވެ.



ފުރަތަމަ ހާފްގައި ދިވެހި ޓީމުން ކުރި ހޯދާފައި ވަނިކޮށް، މަޔޯއްޓޭއިން ވަނީ
ދެވަނަ ހާފްގައި ތިން ލަނޑު ޖަހާފައެވެ. ފަހު ދެލަނޑު އެމީހުން ޖެހީ މެޗުގެ
ފުރިހަމަ ވަގުތު ހަމަވާން ކައިރިވެފައިވަނިކޮށް ގާތް ގާތުގައެވެ. ފުރަތަމަ
ހާފްގައި ދިވެހި ޓީމަށް ލީޑް ހޯދައިދިނީ މުޙައްމަދު އުމެއިރުއެވެ. މަޔޯއްޓޭގެ
ފުރަތަމަ ދެ ލަނޑު ޖެހީ އޮސެއިނީ އަންޑީއެވެ. ފަހު ލަނޑު ޖެހީ ޔަހުޔާއެވެ.



ތިން ލަނޑުގެ އިތުރުންވެސް މަޔޯއްޓޭއިން ވަނީ މެޗުގައި ރާއްޖޭގެ ގޯލަށް
ނުރައްކާކޮށްފައެވެ. އޭގެތެރެއިން ގިނަ ބޯޅަތަކެއް ކީޕަރ މުޙައްމަދު އިމްރާން ވަނީ
ދިފާއުކޮށްފައެވެ.



މުބާރާތުގައި ރާއްޖޭގެ ފިރިހެން ފުޓްބޯޅަ ޓީމް ކުޅޭ ދެވަނަ މެޗުގައި އަންނަ
އާދިއްތަ ދުވަހުގެރޭ ނިކުންނަން ޖެހޭނީ ޝީޝެލްސްއާއި ދެކޮޅަށެވެ. މިމެޗުވެސް
ފަށާނީ ރާއްޖެ ގަޑިން ރޭގަނޑު ނުވައެއް ޖަހާއިރުއެވެ.