ކަސްޓަމްސް ހިންގެވުން ވަގުތީގޮތުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް އާ ހަވާލު ކުރައްވައިފިއެވެ.
ކަސްޓަމްސް އިން ވިދާޅުވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރައްވަންދެން ކަސްޓަމްސް ހިންގުމާއި ހަވާލުވެ ހުންނަވާނީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފް ކަމަށެވެ.
ކަސްޓަމްސްގެ ހިންގުން ޑެޕިއުޓީ ކޮމިޝަނަރ އާއި ހަވާލުކުރައްވާފައިވަނީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމުގައި ހުންނެވި އަޙްމަދު ނުޢުމާން މިމަހުގެ 7 ވަނަ ދުވަހު އަވަހާރަވުމާއި ގުޅިގެންނެވެ. އޭނާ އަވަހާރަވީ އިންޑިއާގައި އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަން ވަޑައިގެން އުޅުއްވަނިކޮށެވެ. އޭނާ މަޤާމަށް ޢައްޔަން ކުރައްވާފައިވަނީ 11 ޑިސެމްބަރު 2018 ގައެވެ.