ޚަބަރު

ގއ.ދާންދޫގައި ދެމީހެއްގެ ދެމެދުގައި ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގައިފި


ގއ.ދާންދޫގައި ދެބިދޭސީއެއްގެ ދެމެދުގައި ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގައިފިއެވެ.

ދާންދޫ ހޮޓަލެއްގެ ތެރޭގައި ދެމީހަކު ޒުވާބުކޮށް ތޫނުއެއްޗަކުން ހަމަލާދީފައިވާ ކަމަށް ރޭ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި ފުލުހުން އެސަރަހައްދަ ދިޔައިރު އަނިޔާ ލިބިފައިވާ ދެމީހުންގެ ތެރެއިން ބަންގްލަދޭޝް މީހާ ވަނީ އެރަށުގެ ހެލްތު ސެންޓަރަށް ގޮސްފައިކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އަދި މިމައްސަލައިގައި ތުހުމަތުތުހުމަތު ކުރެވޭ ދެވަނަ މީހާއަށްވެސް އަނިޔާ ލިބިފައިވާތީ ފުލުހުންގެ އެހީތެރިކަމާއެކު އޭނާ ޑޮކްޓަރަށް ދައްކާފައިވާ ކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.

މި މާރާމާރީ ހިންގާފައިވާ ދެމީހުންނަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި މިމައްސަލަ ތަހްޤީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.