ކޯވިޑް-19 އަށް ޝައްކުކުރެވޭ ޢަލާމަތްތަކެއް ހުރެގެން ސިނަމަން ހަކުރާ ހުރާ މޯލްޑިވްސް ރިޒޯޓުން ބީދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިމީހާ އެރިޒޯޓުގައި އެކަހެރިކޮށް ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިޒޯޓު މޮނިޓަރިންއަށް ލާފައިވާކަމަށެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް 19 ޖެހުނު ތޭރަ މީހުންގެ ތެރެއިން 8 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި ދެން ތިބި 5 މީހުންނަށް އަދިވެސް ދަނީ ފަރުވާ ދެމުންނެވެ. ރާއްޖެއިން ޕޮޒިޓިވްވެފައިވާ އެންމެންނަކީ ބިދޭސިންނެވެ. އޭގެ ތެރޭގައި ރިޒޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ފަތުރުވެރިން ހިމެނެއެވެ.