ލ.ގަން ތުނޑި ބަނދަރުގައި އަޅާފައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލައިފިއެވެ.
ފުލުހުން ވިދާޅުވީ އެ އިދާރާގެ ޕޮލިސް ލޯންޗު 34 ގައި ރޯވެފައިވާކަމުގެ މައުލޫމާތު ރިޕޯޓްކޮށްފައިވަނީ ރޭ ފަތިހު 03:45 އެހާކަންހާއިރު ކަމަށެވެ. އަދި އެ ސަރަހައްދަށް އެމްއެންޑީއެފް ގޮސް ބެލިއިރު ލޯންޗްގެ ވާ ކަނޑާލާފައިވާކަމަށާއި އައި މިކަމަކީ ބަޔަކު ގަސްތުގައި ކުރިކަމެއް މިހާތަނަށް ބެލިބެލުމުން އެނގޭކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ ލޯންޗްގައި ރޯވި އަލިފާނގަޑު ނިންވާލެވުނީ ފަތިހު 5 ޖަހާ އެހާކަންހާއިރު ކަމަށާއި ލޯންޗް ބޭނުން ނުކުރެވޭވަރަށް އަނދާ ފައިވާކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަދި ފަޅުގައި އޮތް އެހެން އެއްވެސް އުޅަނަދަކަށް ގެއްލުންވެފައިނުވާކަމަށާއި މި މައްސަލަ ތަހުޤީގުކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.