މިޞުރުގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން އިތުރު ފިޔަވަޅުތަކެއް އަޅަން އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު ބާރައިން ފެށިގެން ހުރިހާ ވައިގެ އުދުހުންތަކެއް ހުއްޓާލަން އެޤައުމުންވަނީ ނިންމާފައެވެ.
މިޞްރުގައި މާސްކާއި ސެނިޓައިސަރ ގަންނަން ލިބުން ދަތިވެފައިވާތީ ގިނަ ޢަދަދެއްގެ ބަޔަކުވަނީ ސެންޓާއި ކޯލާވައްޓަރު ވިއްކާ ފިހާރަތައް ދޮށަށް ޖަމާވެފައެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހަތްގަޑި ސުންމިނެޓުން ފެށިގެން އަންނަ މާރޗް މަހުގެ 31ގެ ނިޔަލަށް ހުރިހާ ފިހާރަތަކާއި ރެސްޓޯރަންޓުތަކާއި ކެފޭތަކާއި ކުޅިވަރު މައިދާންތައް ބަންދުކުރަން މިޞްރުގެ ސަރުކާރުންވަނީ އަންގާފައެވެ.
ކޯވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން އެތަންތަން ބަންދުކުރިނަމަވެސް ބޭސް ފިހާރަތަކާއި ސުޕަމާރކެޓުތައް ހުޅުވާފައި ހުންނާނެއެވެ. މިޞްރުގައި 250އަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހި 7 މީހުންވަނީ މަރުވެފައެވެ.