ޚަބަރު

މޫނު ނިވާކޮށްގެން ތިބި ބަޔަކު ދެ ރަށަކަށް އަރާ ތިޖޫރީތަކެއް ވަގަށް ނަގަން އުޅެފި


ރ އިންނަމާދޫ އިންޖީނޫގޭ ވޮޗަރު ބަނުމަށްފަހު އެތަނުގެ ތިޖޫރީ ފަޅާލަން ބަޔަލު މަސައްކަތްކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އިންނަމާދޫ އިންޖީނުގޭ ވޮޗަރު ބަނުމަށްފަހު އެތަނުގެ ތިޖޫރީ ފަޅާލަން މަސައްކަތްކޮށްފައިވަނީ މޫނު ނިވާކޮށްގެން ތިބި ބައެއްކަމަށެވެ. އަދި ރ. ކިނޮޅަހު ކައުންސިލްގެ އިދާރާއަށް ގެއްލުންދީ އެތަނުގެ ތިޖޫރީ ފަޅާލަންވެސް ބަޔަކު މަސައްކަތްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މި ދެ ހާދިސާގައިވެސް މިހާތަނަށް ބެލިބެލުމުން ދެ ރަށުގައި ހުރި ތިޖޫރީ ފަޅާލަން މަސައްކަތްކޮށްފައިވަނީވެސް އެރަށަށް އެރި ބަޔަކުކަމަށާއި އެ މީހުން އެރަށް އަރާފައިވަނީ ޑިންގީއެއްގައިކަމަށްވެސް ފުލުހުން ބުނެއެވެ.

މި ދެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި އެހެންނަމަވެސް ތުހުމަތުކުރެވޭ ބައެއް ތަންތަން ބަލާ ފާސްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މި މައްސަލަ ތަހުޤީގުކުރަމުން އަންކަމަށް ފުލުހުން ވިދާޅުވެއެވެ.