ޚަބަރު

ތިން ދިވެހިންނާއެކު މަހަށް ނިކުތް ދޯންޏެއްގެ ޚަބަރެއް ނުވެގެން ހޯދަން ފަށައިފި


ތިން ދިވެހިންނާއެކު މަހަށް ނިކުތް ދޯންޏެއްގެ ޚަބަރެއް ނުވެގެން ހޯދަން ފަށައިފިއެވެ.

އަލްމާސް ނަމަކަށް ކިޔާ މި ދޯންޏާއި އެންމެ ފަހުން ގުޅުނީ މިމަހުގެ 15 ވަނަ ދުވަހުގެ ހެނދުނު 9:50ހާއިރު ވ.އަތޮޅަށް ދަތުރުކުރަމުން ދަނިކޮށްކަމަށް އެމްއެންޑިއެފުން ވިދާޅުވެއެވެ. އަދި ދޯނީގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފަށް ރިޕޯޓުކޮށްފައިވަނީ ބުދަ ދުވަހުގެ މެންދުރު ފަހު 3:20 ހާއިރުކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

35 ފޫޓުގެ މި މަސްދޯނީގައި ތިބި މީހުންނާއި ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށާފައިވާއިރު މިދޯންޏާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ހިލޭ ގުޅޭ ނަމްބަރު 191އަށް ގުޅުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.