ޚަބަރު

ކޯވިޑް-19ގެ ވެކްސިން ތަޙުލީލުކުރަން އިންސާނުން ބޭނުންކުރުމުގެ ހުއްދަ ޗައިނާއިން ދިނުން


ކޯވިޑް-19އާ ދެކޮޅަށް ތައްޔާރުކުރަމުންދާ ވެކްސިންތަކުގެ ތަޙުލީލުތަކުގައި އިންސާނުން ބޭނުންކުރަން ފެށުމަށް ޗައިނާގެ ސަރުކާރުން ހުއްދަދީފިއެވެ.

ޗައިނާގެ ރަސްމީ ނޫހަކުން ބުނީ އެޤައުމުގެ ލިބަރޭޝަން އާމީގެ އެކަޑަމީ އޮފް މިލިޓަރީ މެޑިލަން ސައިންސަސުން ވެކްސިނެއް ތައްޔާރުކުރުމަށް ކުރާ މަސައްކަތަގައި އިންސާނުން ބޭނުންކޮށްގެން ވެކްސިން ތަޙުލީލުކުރުމަށް ހުއްދަދީފައިވާކަމަށެވެ. ތަޙުލީލުތަކުގެ ފުރަތަމަ މަރުޙަލާގައި އަލަށް ތައްޔާރުކުރެވޭ ވެކްސިން އިންސާނުންނަށް ބޭނުންކުރުމުގެ ރައްކާތެރިކަން ބެލުމަށް ތަޙުލީލުތަކުގައި ބައިވެރިވާނެ ޞިއްޙަތު ރަނގަޅު މީހުންދަނީ ހޯދަމުންނެވެ. އެތަޙުލީލުތައް ކުރާނީ ޗައިނާގެ އެކެޑަމީ އޮފް މިލިޓަރީ މެޑިކަލް ސައިންސާއި ހޮންކޮންގްގެ ބައޯޓެކް ކުންފުންޏެއްކަމަށްވާ ކަންސިނޯ ބަޔޮލޮޖިންކްސްގައެވެ.

އެމެރިކާގެ ސައިންސުވެރިން މިހާރުވަނީ އެމީހުން ތައްޔާރުކުރަމުންދާ ވެކްސިން އިންސާނުން ބޭނުންކޮށްގެން ތަޙުލީލުކުރަން ފަށާފައެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބުނީ ކޯވިޑް-19އާ ދެކޮޅަށް އެންމެ އަވަހަށްވެސް ވެކްސިނެއް އުފައްދާ ބާޒާރަށް ނެރެވޭނީ އަންނަ އަހަރުގެ މެދެއްހާ ހިސާބުގައިކަމަށެވެ.

ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ކޯވިޑް-19 ޖެހިފައިވާ 198،000މީހުން މިހާތނަށްވަނީ ފެނިފައެވެ. އަދި ވައިރަހުގެ ސަބަބުން މަރުވި މީހުންގެ ޢަދަދުވަނީ 8،000ހާގާތްކޮށްފައެވެ.