އއ ރަސްދޫ ގޮނޑު ދޮށުން މިރޭ ކިނބުލެއް ހިފައިފިއެވެ.
ރަސްދޫ ކައުންސިލްގެ ރައީސް ޢަބުދުލްޖަލީލު މޫސާ ވިދާޅުވީ، ކިނބޫ ފެނިފައި ވަނީ އެރަށުގެ އިރުމަތީ ފަރާތު ގޮނޑުދޮށުން ކަމަށެވެ.
އެރަށުގައި ޖަހާފައި ހުންނަ އުރީދޫގެ ސެލްޓަަވަރާއި ދިމާއިން އެ ކިނބޫ ހިފާފައި ވަނީ އެރަށުގެ ޒުވާނުންތަކެވެ.
ރަސްދޫ ކައުންސިލްގެ ރައީސް އަބުދުލްޖަލީލު މޫސާ ވިދާޅުވީ، އެކިނބުލަކީ ގާތްގަނޑަކަށް 3 ފޫޓު 6 އިންޗި ވަރުގެ ކިނބުލެއް ކަމަށެވެ. އަދި މިހާރު ކިނބޫ އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެކުރިން ރަސްދޫ ކައިރިން ސީލްއެއްވެސް ފެނިފައިވެއެވެ.
ރަސްދޫ ގޮނޑުދޮށުން މިރޭ ކިނބުލެއް ފެނިގެން އޭރި ހިފާފައިވާއިރު، މީގެ ތިން ހަފްތާކުރިން ހދ ވައިކަރަދޫ އިރުމަތި ފަރާތުން ގޮނޑުދޮށަށް މަރުވެފައިވާ 4 ވަރަކަށް ފޫޓުގެ ކިނބުލެއް ލައްގާފައި އޮއްވައި ފެނިފައިވެއެވެ.
މީގެ ކުރިންވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ކިނބޫ ފެނިފައިވެއެވެ.