ޚަބަރު

ކޮވިޑް-19: ޙާލަތާ ގުޅިގެން އަޅަންޖެހޭ އިތުރު ފިޔަވަޅުތަކާމެދު ކެބިނެޓުގައިި މަޝްވަރާ ކުރައްވައިފި


ކޮވިޑް-19 އަކީ ޕެންޑެމިކް ނުވަތަ މުޅި ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުމަކެއް ކަމަށް ޑަބްލިޔޫ.އެޗް.އޯ އިން އިޢުލާނުކުރުމާ ގުޅިގެން އަޅަންޖެހޭ އިތުރު ފިޔަވަޅުތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާގައި ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި މިހާރު ޔެލޯ އެލަރޓް ނެރެފައިވުމާއެކު، ރޯގާޖެހިފައިވާ މީހުންގެ ނިސްބަތް އިތުރުވަމުންދާނަމަ، ރޯގާގެ ޙާލަތު އޮރެންޖް އެލަރޓަށް ބަދަލުކުރަން ޖެހިއްޖެ ހިނދެއްގައި ކަންތައްތައް ގެންދާނެގޮތާއި، އިތުރަށް އެޅެންހުރި ފިޔަވަޅުތަކާ ބެހޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ސަރުކާރުގެ ހުރިހާ ވުޒާރާއަކުން މިކަމަށް ވަމުންދާ ތައްޔާރީތަކާ ބެހޭގޮތުންވެސް މިއަދުގެ ޖަލްސާގައި ވަނީ މަޝްވަރާކުރައްވާފައެވެ.