ޚަބަރު

ކޯވިޑް-19އަކީ މުޅި ދުނިޔެއަށް ފެތުރިފައިވާ ބަލިމަޑުކަމެއް ކަމުގައި ޑަބްލިއުއެޗްއޯއިން ކަނޑައަޅައިފި


ކޯވިޑް-19އަކީ މިހާރު މުޅިދުނިޔެއަށް ފެތުރިފައިވާ ބަލިމަޑުކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާއިން ކަނޑައަޅައިފިއެވެ. މީގެ ކުރިން މިއީ އެޕިޑެމިކެއްގެ ގޮތުގައި އެޖަމިއްޔާއިން ވަނީ ގިންތިކޮށްފައެވެ.

ޕެންޑަމިކަކީ، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއްގެ ސަބަބުން މުޅި ދުނިޔެއަށް އޭގެ ނުރައްކާ އޮންނަ ޙާލަތެކެވެ. މީގެކުރިން މިއީ އެޕިޑެމިކްއެއްގެ ގޮތުގައި، ހަމައެކަނި ވަކި ސަރަހައްދުތަކެއްގައި ފެތުރެމުންދިޔަ ކަމެއްގެ ގޮތުގައި ވަނީ ގިންތިކޮށްފައެވެ. ކޯވިޑް-19އަކީ މުޅި ދުނިޔެއަށް ފެތުރިފައިވާ ބޮޑު ބަލިމަޑުކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން އިއުލާންކޮށްފައިވާއިރު މީގެ ކުރިންވަނީ މިއީ ކުއްލި ނުރައްކާތެރިކަމުގެ ޙާލަތެއްކަމަށް ނިންމާ މުޅި ދުނިޔޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުވެސް އިއުލާނުކޮށްފައެވެ.

މިއީ މީގެ ކުރިން ފެނިފައިވާ ކޮރޯނާވައިރަހުގެ ބާވަތްތަކާއި ޚިލާފަށް މިއީ ކޮރޯނާ ވައިރަސްއެއްގެ ސަބަބުން ދުނިޔޭގައި މިފަދަ ރޯގާއެއް ފެތުރެމުން އަންނަ ފުރަތަމަކަން ހާމަކުރައްވާ ޑަބްލިއުއެޗްއޯއިން ވަނީ މިއީ ކަންބޮޑުވާކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި ޤައުމުތަކުން ރައްކާތެރިކަމަށްޓަކައި އަދި މިޙާލަތުން އަރައިގަތުމަށް އިޤުތިޞާދީގޮތުންނާއި އިޖްތިމާޢީގޮތުން އަންނާނެ ލޮޅުންތައް ކުޑަކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކާއި ގުޅިގެން ކުރާ މަސައްކަތް ހަރުދަނާކުރުމުގައި ޑަބްލިއުއެޗްއޯއިން ކުރާ މަސައްކަތް އިތުރުކުރުމަށް މަސައްކަތްކުރާނެކަމަށްވެސް ވަނީ އެޖަމާއަތުން ވަނީ ބުނެފައެވެ. މީގެ އިތުރުން މިއީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކަމަކަށްވާއިރު މީގެ އަސަރު ހުރިހާ ދާއިރާއަކަށްވެސް ކުރާނެކަމަށް ޑަބްލިއުއެޗްއޯއިން ބުނެފައިވެއެވެ. އެހެންކަމުން ސަރުކާރުތަކާއި ވިޔަފާރިއާއި ރައްޔިތުން ގުޅިގެން މިޙާލަތުން އަރައިގަތުމަށް މަސައްކަތްކުރުމަށް ވަނީ ޑަބުލިޔުއެޗްއޯއިން ވަނީ ލަފާދީފައެވެ.

ޑަބްލިއުއެޗްއޯއިން ވަނީ މިހާރު ބަލި ޗައިނާގެ އިތުރުން މަދު ޤައުމުތަކެއްގައި ކުއްލިއަކަށް އިތުރުވަމުންދިޔަނަމަވެސް ކުރިއަށް އޮތްތަނުގައި ގިނަ ޤައުމުތަކަކަށް ވައިރަސް ފެތުރުމުގެ ފުރުސަތު އޮތްކަން ފާހަގަކުރައްވާފައެވެ. މީގެ ސަބަބުން ޗައިނާއާއި އިޓަލީ މިވަގުތުވަނީ ވަގުތީގޮތުން ބަންދުކޮށްފައެވެ.

ދުނިޔޭގައި ކޯވިޑް-19 ފެތުރެން ފަށާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެތެރޭގައި ޗައިނާގެ ވޫހާން ސިޓީންނެވެ. އެހެންނަމަވެސް މިހާރު ދުނިޔޭގެ 100އަށްވުރެ ގިނަ ޤައުމުގައި ވައިރަސް ފެތުރިފައި ވާއިރު އެއްލައްކައަށްވުރެ ގިނަ މީހުން މިހާތަނަށް އެކި ޤައުމުތަކުން ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ.